އުރީދޫ ފަން ރަންގައި ރެޖިސްޓްރީ ނުވެވުނު ފަރާތްތަކަށް މިއޮތީ ފުރުސަތެއް!

އުރީދޫއިން އިންތިޒާމްކޮށްގެން ބާއްވާ “ފަން ރަން”ގައި ބައިވެރިވާން ބޭނުންވެ ރެޖިސްޓްރީ ނުވެވުނު ފަރާތްތަކަށް އިތުރު ފުރުސަތެއް ފަހިކޮށްދީފި އެވެ. އުރީދޫގެ “ފަން ރަން” ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި...

13 Dec 2022 | 14:49

އުރީދޫއިން އިންތިޒާމްކޮށްގެން ބާއްވާ “ފަން ރަން”ގައި ބައިވެރިވާން ބޭނުންވެ ރެޖިސްޓްރީ ނުވެވުނު ފަރާތްތަކަށް އިތުރު ފުރުސަތެއް ފަހިކޮށްދީފި އެވެ.

އުރީދޫގެ “ފަން ރަން” ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. މި ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުންނެވެ.

އުރީދޫއިން ވަނީ ލައިކް، ޝެއާ އެންޑް ޓެގް ގެ ނަމުގައި ރެޖިސްޓްރީވުމުގެ އިތުރުން ފަން ކިޓު ލިބޭނެ އިތުރު ފުރުސަތެއް ޓުވިޓާގައި ހުޅުވާލާފައި އެވެ. އުރީދޫއިން ބުނީ އެ ޕޯސްޓް ރީޓްވީޓްކޮށް، އަދި ގާތް މީހަކު ނުވަތަ ރައްޓެއްސަކު ޓެގްކޮށްގެން ކޮންމެ ދުވަހަކު ނަސީބުވެރި ފަރާތަކަށް އުރީދޫ ފަން ރަންގެ ކިޓެއް ދޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އިއްޔެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ.

https://twitter.com/OoredooMaldives/status/1602182482019115008

މިދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

“ފަން ރަން” ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް