އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަން ނާޒިމް ފޯމު ހުށަހަޅުއްވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ފޯމު ހުށަހަޅުއްވައިފި އެވެ. ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުއްވުމަށްފަހު ނ...

13 Dec 2022 | 13:36

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ފޯމު ހުށަހަޅުއްވައިފި އެވެ.

ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުއްވުމަށްފަހު ނާޒިމް ވިދާޅުވީ، އެމްއެންޕީ އަކީ ރައްޔިތުންނަށް އޮތް އާ އުންމީދެއްކަމަށާއި، އާ ފުރިހަމަ ވިސްނުމެއްކަމަށެވެ.

އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ނާޒިމް ފިޔަވާ އިތުރު ބޭފުޅަކު ފާޅުކުރައްވައިފައެއް ނުވެ އެވެ.

އެމްއެންޕީގެ އިތުރުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާކަން އިއުލާނު ކޮށްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް އަދި އެމްޑީއޭއެވެ. މީގެ ތެރެއިން ކެންޑިޑޭޓުން ކަނޑައަޅާފައިވަނީ ޕީޕީއެމް އާއި އެމްޑީއޭއިންނެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޑީއޭގެ ކެންޑިޑޭޓަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިހާބުގެ ތައްޔާރީތައް ފަށާފައި އެވެ. މިމަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ތާރީހު އިއުލާނު ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައި އެވެ.

މި އިންތިހާބަށް އަންނަ އަހަރުގެ ބަޖެޓުގައި 90 މިލިއަން ރުފިޔާ ވަނީ ހިމަނާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް