ފާހާނާތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ އެވެ.
އެމީހާ ވެއްޓިފައި އޮއްފަ ފެނުނީ މާފަންނުގައި ދިރިއުޅޭ ގޭގެ ފާހާނާގައި އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީ ހެނދުނު 9:15 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާހާނާއަށް ވަތް ގޮތަށް ހަބަރެއް ނުވެގެން ރިޕޯޓު ކުރުމުން ގޮސް ދޮރު ހަލާކު ކޮށްލައިގެން ވަތްއިރު އެމީހާ އޮތީ ބިންމަތީގައި ވެއްޓިފައި ކަމަށެވެ.
އަދި އެމީހާ އައިޖީއެމްއެޗަށް ގެންގޮސްދިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭގެ ފަހުން އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރުވާ ދެމުން ދަނިކޮށް އެމީހާ ނިޔާވެފައިވާ ކަމަށެވެ. އެއީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް