ބޮލީވުޑްގެ ކިންގް ޝާހްރުކް ހާން މިދިޔަ މަހު އުމްރާގެ އަޅުކަން އަދާ ކުރުން ވެގެން ދިޔައީ އޭނާގެ މުސްލިމް ސަޕޯޓަރުން އުފަލުން އުތުރި އެރި ކަމަކަށެވެ.
އެކަމާ އުފާފާޅު ކުރި މީހުން ބުނީ ފިލްމީ ދާއިރާގައި ޝާހްރުކަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އުމްރާގެ އަޅުކަން އަދާ ކުރެވުން ކަމަށެވެ. އޭނާ އުމްރާވީ ފިލްމު ޝޫޓިންއަކަށް ސައުދީ އަރަބިއްޔާއަށް ކުރި ދަތުރެއްގައި އެވެ.
އެކަމަކު ދަތުރަށް ފަހު އިންޑިއާއަށް ދިޔަތާ ހަފްތާއެއްހާ ދުވަސް ތެރޭގައި ޝާހްރުކްގެ ދޮށީ ދަރިފުޅު އާރްޔަން ހާން، ވިޔަފާރިއެއްގެ ތެރެއަށް ވަތް ހަބަރާއި އެކު ލިބުނީ ހައިރާން ކަމެކެވެ. އާރްޔަން ބުނީ ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމުގެ މަރުހަލާގެ ތެރެއިން ވިޔަފާރީގެ ތެރެއަށްވެސް ނުކުންނަން ނިންމީ ކަމަށެވެ.
އާރްޔަން ވަނީ ބައިނަލްއަގުވާމީ ކުންފުންޏަކާއި ގުޅިގެން އިންޑިއާއަށް ވޮޑްކާ ބްރޭންޑުގެ ޕްރިމިއަމް ބުއިންތަކެއް ތައާރަފު ކުރުމުގެ ވިޔަފާރި އަށެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭގެ ތެރޭގައި ތަފާތު ލުއި ބުއިންތަކާއި އެނާޖީ ޑްރިންކާއި، ބަނގުރަލުގެ ބާވަތްތައް ހިމެނޭ ކަމަށެވެ.
މި ވިޔަފާރީގައި އޭނާގެ ޕާޓްނަރުންނަކީ ބަންޓީ ސިންގް އާއި ލެޓީ ބްލަގޮއީވާ އެވެ. އެމީހުންގެ އަމާޒަކީ އެ ގައުމުގެ މުއްސަނދިންގެ މާކެޓަށް މި އުފެއްދުންތައް ނެރުމެވެ. މީގެ ތެރޭގައި ޒުވާނުންނަށް ހާއްސަ އުފެއްދުންތަކެއްވެސް ހިމެނޭ ކަމަށްވެ އެވެ.
ގިނަ ބަޔަކު ވަނީ އާރްޔަން ފަށަން އުޅޭ ވިޔަފާރި އާއި ބައްޕަގެ އަޅުކަމާއި ގުޅުވައިގެން ތަފާތު ވާހަކަތައްދައްކާފައި އެވެ. އަދި ޝާހްރުކް އުމްރާވުމުން ދެކޮޅަށް ވާހަކަ ދެއްކި މީހުންވެސް ވަނީ އޭނާ އަކީ ހުރިހާ ދީނެއް ގަބޫލު ކުރާ މީހެއް ކަމުން އެ އަޅުކަން ސައްހަ ނުވާނެ ކަމަށް ބުނެފައި އެވެ.
އާރްޔަން އަކީ ޝާހްރުކް ހާންހެން އެކްޓު ކުރަން ބޭނުންވާ މީހެއް ނޫނެނެވެ. އޭނާ ބޭނުންވަނީ ސްކްރިޕްޓް ރައިޓަރަކަށް ވުމުގެ އިތުރުން ވިޔަފާރި ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް