އަމިއްލައަށް މަރުވާން އުޅުނު ފައިސަލަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ...

13 Dec 2022 | 07:00

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ފައިސަލް ބަންދުކޮށްފައި ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އެވެ. ފުލުހުން ބުނީ ރޭ އޭނާ ހުރި ގޮޅީގައި ދަން ޖެހިގެން މަރުވާން މަސައްކަތް ކުރި ކަމަށެވެ.

އަދި މިހާރު ފަރުވާ ދެމުން ދަނީ ކޭއާރުއެޗްގައި ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ފައިސަލަށް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. އަދި މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ސީރިއަސް ކަމަށް ވިދާޅުވި އެވެ.

އޭނާ ދަންޖެހެން މަސައްކަތް ކުރީ ރޭ 11:15 ހާއިރު އެވެ.

ނިޝާމާގެ މަރާއި ގުޅިގެން ފައިސަލް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެވެ. އެ ކުށަށް އޭނާ އިއުތިރާފުވިކަމެއް އަދި ނިޝާމާގެ މަރާއި ފައިސަލް އާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި ހަށިގަނޑު އިއްޔެ މާލެ ގެނެސްފައި އެވެ. އެކަމަކު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވޭނެ ދުވަހެއް ނޭނގޭ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް