އާންމުކޮށް ފެތުރޭ ރޯގާތަށް ޖެހޭ މިނަވްރަު މަދުވާން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރަކީ އާންމު ރޯގާތައް ފެތުރޭ މިންވަރު އިތުރު އަހަރެކެވެ. އެގޮތުން މިދިޔަ ހަ ވަރަކަށް މަހު ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަން ހިންގުން ފަދަ ބަލިތަށް ވަރަށް ބޮޑަށް ފެތުރުވެފައި އެވެ.
އެޗްޕީއޭއިން ބުނީ އެ ބަލިތަށް ރިޕޯޓު ކުރާ ވަރު ދަށްވަމުން އަންނައިރު އެންމެ މަދުވެފައިވަނީ ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރާ ވަރު ކަމަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އޮކްޓޯބަރު މަހު3820 މީހުން ބޭރަށް ހިންގުން ޖެހިގެން ޑޮކްޓަރަށް ދެއްކި އިރު މިދިޔަ މަހު އެ އަދަދު ވަނީ2575 އަށް މަދުވެފައި އެވެ.
އަރިދަފުސް ރޯގާ ޖެހިގެން އޮކްޓޯބަރު މަހު ރިޕޯޓުކޮށްފައިވަނީ31750 މީހުންނެވެ. މިދިޔަ މަހު އެ އަދަދު ވަނީ 30552 އަށް މަދުވެފައި އެވެ.
ޑެންގީ ހުމަށް ބަލާއިރު އޮކްޓޯބަރު މަހު626 މައްސަލަ ހުށަހެޅި އެވެ. އެ އަދަދު މިދިޔަ ނޮވެމްބަރު މަހު ވަނީ280 އަށް ތިރިވެފައި އެވެ.
މި ބަލިތަކުގެ ރެކޯޑު އާންމު ކުރަން ފަށާފައި މިވަނީ ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. އެއީ2020 ވަނަ އަހަރާއި2021 ވަނަ އަހަރު ކޯވިޑާއި ގުުޅިގެން އެ ބަލިތައް ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމުން ކަމަށް ބުނެފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި، އަރިދަފުސް ރޯގާއާއި ޑެންގީ ހުން ޖެހިގެން 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރިޕޯޓުކުރި މިންވަރަށްވުރެ މިއަހަރުގެ މިމުއްދަތާއި ހަމައަށް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު ކަމަށެވެ. މިއަހަރުގެ ބޮޑު ބައެއްގައި ވިއްސާރަވުމާއި ގުޅިގެން އެހެން އަހަރުތަކަށްވުރެ މިއަހަރު މޫސުމީ ވިއްސާރައިގެ ސަބަބުން ޖެހޭ ބަލިތައް ވީއެވެ.
ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ޢާއްމުންގެ ތެރެއަށް ނިކުމެ ނޫޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް