ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން ފުލުހުން ގެންގޮސްގެން ފާހާނާ ދޮރު ހަލާކު ކޮށްލައިގެން ވަތް އިރު އެމީހާ އޮތީ ވެއްޓިފައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާދިސާ ހިނގީ މާފަންނަނުގައި ހުންނަ ގެއެއްގައި ކަމަށެވެ. މިހާދިސާ ރިޕޯޓު ކުރީ ހެނދުނު 9:14 ގައި އެވެ.
ފުލުހުން އެމީހާ ނަގައިގެން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި އެވެ. އެމީހާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެއީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް