ނޮޅިވަރަންފަރު ސަހަރާ ބަލާ ފާސްކުރީ ކައުންސިލްގެ އެހީތެރިކަމާއެކު: ޕޮލިސް

ރޭގައި ހދ. ނޮޅިވަރަންފަރު ސަހަރާ ބަލާ ފާސްކުރީ ކައުންސިލްގެ އެހީތެރިކަމާއިއެކުގައި ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ އެ ރަށުގެ ކައުންސިލްގެ ހުއްދައެއް ހޯދުމެއް ނެތި ފުލުހުންގެ...

13 Dec 2022 | 04:33

ރޭގައި ހދ. ނޮޅިވަރަންފަރު ސަހަރާ ބަލާ ފާސްކުރީ ކައުންސިލްގެ އެހީތެރިކަމާއިއެކުގައި ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އެ ރަށުގެ ކައުންސިލްގެ ހުއްދައެއް ހޯދުމެއް ނެތި ފުލުހުންގެ އެހީތެރިކަމާއެކު އާންމުންގެ ބަޔަކު އެ ރަށު ސަހަރާ ކޮނުނުކަމަށް ބުނެ ފެތުރިފައިވާ ހަބަރާއި ގުޅިގެންނެވެ.

ރޭގައި ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން އެ ރަށު ކައުންސިލް ރައީސް އަބްދުﷲ ނަދީމް ވިދާޅުވެފައިވަނީ ރޭ 11:30 ހާ ކަންހާއިރު ފުލުހުން ތިބެގެން އެ ރަށު ސަހަރާ ބަޔަކު ކޮނުނު ކަމަށެވެ. އެކަން އެ ބަޔަކު ކުރީ ރުގްޔާ ކުރުމުގެ ނަމުގައި ކަމަށްވެސް ނަދީމް ބުނެފައިވެއެއެވެ.

ކައުންސިލުން އެފަދަ ހުއްދައެއް ނުހޯދާ އެކަން ކުރަން އުޅުމުން އެކަން ހުއްޓުވަން އުޅުނު ކަމަށާއި ނަމަވެސް ނުހުއްޓުވުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިއަދު ހެނދުނު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ވަނީ ރަށު ކައުންސިލްގެ އެހީތެރިކަމާއެކު ބަލާ ފާސްކޮށްފައިކަމަށެވެ. މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް