ވޯލްޑްކަޕް ކަވަރުކުރަމުންދިޔަ އިތުރު ނޫސްވެރިޔަކު މަރުވެއްޖެ

ވޯލްޑްކަޕް ކަވަރުކުރަމުންދިޔަ ދެވަނަ ނޫސްވެރިޔަކު މަރުވެފައިވާކަމުގައި މަރުވި ނޫސްވެރިޔާ ނިސްބަތްވާ މީޑިއާއިން ހާމަކޮށްފިއެވެ. މަރުވެފައިވަނީ ގަތަރުގެ އަލް-ކަސް ޓީވީއަށް ނިސްބަތްވާ ޚާލިދު އަލް-މިސްލަމ...

13 Dec 2022 | 00:53

ވޯލްޑްކަޕް ކަވަރުކުރަމުންދިޔަ ދެވަނަ ނޫސްވެރިޔަކު މަރުވެފައިވާކަމުގައި މަރުވި ނޫސްވެރިޔާ ނިސްބަތްވާ މީޑިއާއިން ހާމަކޮށްފިއެވެ.

މަރުވެފައިވަނީ ގަތަރުގެ އަލް-ކަސް ޓީވީއަށް ނިސްބަތްވާ ޚާލިދު އަލް-މިސްލަމް ނަމަކަށްކިޔާ ފޮޓޯގްރާފަރެކެވެ.

މި ފޮޓޯގްރާފަރުގެ މަރުގެ ހަބަރު އޭނާ ނިސްބަތްވާ މީޑިއާއިން ހާމަކުރިނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

ވޯލްޑްކަޕް ކަވަރުކުރުމުގައި އުޅުނު ދެވަނަ ނޫސްވެރިއަކު މަރުވެފައިވާއިރު ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލެންޑް ބައްދަލުކުރި މެޗު ކަވަރުކުރަން ހުއްޓާ، އެމެރިކާއަށް ނިސްބަތްވާ ނޫސްވެރިޔެއް ކަމަށްވާ ގްރާންޓް ވާލްވެސް ވަނީ މަރުވެފައެވެ.

ގްރާންޓް ވާލް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު މި ނޫސްވެރިޔާއަކީ ހުޅަނގުން ގެންގުޅުނު "ވަން ލަވް" (އެއްޖިންސުން ގުޅުންހިންގުމަށް ބާރުއަޅާ ޝިޔާރަށް) ތާއީދުކޮށް ވޯލްޑްޕަކް ކަވަރޭޖްގައި ވާހަކަދައްކަމުންދިޔަ ނޫސްވެރިއެކެވެ. ވާލްގެ މަރާއި ގުޅިގެން އޭނާގެ އާއިލާއިން އަންނަނީ ގަތަރަށް ތުހުމަތުގެ އިނގިލިވެސް ދިއްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް