ނިސްބަތުން ދަނޑުވެރިކަމުގައި ޕެސްޓިސައިޑްސް އެންމެ ގިނައިން ބޭނުންކުރާ ތިން ގައުމުގެ ތެރޭގައި ރާއްޖެ !

ނިސްބަތުން ދަނޑުވެރިކަމުގައި ޕެސްޓިސައިޑް އެންމެ ގިނައިން ބޭނުންކުރާ ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އދގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އިން...

13 Dec 2022 | 00:00

ނިސްބަތުން ދަނޑުވެރިކަމުގައި ޕެސްޓިސައިޑް އެންމެ ގިނައިން ބޭނުންކުރާ ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އދގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އިން އާއްމުކޮށްފައިވަނީ "ވޯލްޑް ފުޑް އެންޑް އެގްރިކަލްޗަރ، ސްޓެޓިސްޓިކަލް ޔިއަރބުކް 2022"ގައެވެ.

އެ ފޮތުގައި ފާހަގަކޮށްފައިވާގޮތުގައި ދުނިޔޭގައި ޕެސްޓިސައިޑް ބޭނުންކުރުން 2012 އިން ފެށިގެން ވަރަށް ބޮޑަށް އިތުރުވެގެންދިޔަނަމަވެސް 2017 އިން ފެށިގެން އަދަދުތައް ވަނީ ދަށްވާން ފަށާފައެވެ.

މިހާރު "ޕެސްޓިސައިޑް އެޕްލިކޭޝަން ޕަރ ހެކްޓަރ" ނިސްބަތުން ބަލާނަމަ ދުނިޔޭގައި ޕެސްޓިސައިޑް އެންމެ ގިނައިން ބޭނުންކުރާ ތިން ގައުމަކީ ސައިންޓް ލޫސިއާ، ދިވެހިރާއްޖެ އަދި އޮމާން ކަމުގައި އެ ފޮތުގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑޯ މީޓަރގައި ހާމަކުރާ ޑާޓާއިންވެސް މިކަމަށް ބާރުލިބެއެވެ. ވޯލްޑޯ މީޓަރގެ ޑާޓާއަށް ބަލާއިރު ނިސްބަތުން އެންމެ ގިނައިން ޕެސްޓިސައިޑް ބޭނުންކުރާ ގައުމަކީ ރާއްޖެއެވެ. އެގޮތުން ދަނޑުގޮވާންކުރާ ސަރަހައްދަށް ބަލާނަމަ ހެކްޓަރަކަށް 52.6 ކިލޯގްރާމް ޕެސްޓިސައިޑް ރާއްޖޭގައި ބޭނުންކުރެއެވެ.

މި ޑާޓާތައް މިހެން ހުރި އިރު ރާއްޖޭގައި ކެންސަރުފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ މިންވަރު އަހަރަކަށްވުރެ އަހަރެއް އަންނަނީ އިތުރުވަމުންނެވެ. މިއީ ގައުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން ސަރުކާރުންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާއި ގުޅުންހުރި ބަލިތަކުގައި ކަން ތަފާސްހިސާބުތަކުން ދައްކައެވެ. މިފަދަ ބަލިތަކާއި ޕެސްޓިސައިޑާއި ގުޅުންތަކެއް ވާކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް