ނިޝާމާގެ ފިރިމީހާ މަރުވާން މަސައްކަތްކޮށްފި – އައިސީޔޫގައި ފަރުވާދެނީ

ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ. ފުލުހުން މިރޭ ބުނީ ނި...

12 Dec 2022 | 19:42

ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ނިޝާމާގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ އަބޫބަކުރު ފައިސަލް ބަންދުކޮށްފައިހުރި ތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް މިރޭ 11:15 ހާއިރު ފުލުހުންނަށް ފެނިފައިވާކަމަށެވެ.

"ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރްސީއެމް އަދި އެންއައިސީއަށް ހުށަހަޅައިގެން ބަލަމުން އަންނަކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް