ވަރލްޑް ޓްރެވަލްސް އެވޯޑުގައި ރާއްޖެއަށް ގިނަ އެވޯޑުތަކެއް ލިބިއްޖެއެވެ.
މޮރޮކޯގެ ގަލާޒް ގަލްފް އެންޑް ބީޗް ރިސޯޓުގައި ރޭ ބޭއްވި ވޯލްޑް ޓްރެވަލްއެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އެންމެ ހިތްގައިމު މޫދުއަޑިގެ ރެސްޓޯރެންޓުގެ އެވޯޑު ލިބިފައިވަނީ މައިނާ ގްރޫޕުން ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށް ވިލާސް ރިސޯޓަށެވެ.
މީގެ އިތުރުން ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ލިބޭ އެވޯޑު ރާއްޖޭގެ ބަރޮސް އައިލެންޑް ރިސޯޓަށް ލިބިފައިވާއިރު، ދުނިޔޭގެ އެއްވަނަ ވޯޓަރވިލާ ރިސޯޓުގެ އެވޯޑު ލިބިފައިވަނީ އަޔާދާ ރިސޯޓަށެވެ. އަދި ދުނިޔޭގެ އެއްވަނަ އެއަރޕޯޓް ހޮޓަލުގެ އެވޯޑު ލިބިފައިވަނީ ހުޅެލޭ އައިލެންޑް ހޮޓަލަށެވެ.
ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު އެވޯޑުތަކާ ހަވާލުވެފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ރިސޯޓުތަކުގެ ބައެއް އިސްވެރިންނެވެ.
ފައިބެއަހަރު ރާއްޖޭގައި ބޭއްވި ވަރލްޑް ޓްރެވަލް އެވޯޑުގައިވެސް ރާއްޖޭގެ ރިސޯޓުތަކުން ވަނީ ގިނަ އެވޯޑުތަކެއް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް