އިންޑިއާގެ މަޝްހޫރު އާޓިސްޓަކާއި އޭނާގެ ވަކީލު މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ މުމްބާއީގެ މަޝްހޫރު އަންހެން އާޓިސްޓެއް ކަމުގައިވާ ހޭމާ އުޕަދަޔާޔާ އާއި އޭނާގެ ގާނޫނީ ވަކީލު ހަރޭޝް ބަމްބާނީ މަރާލުމަށްފަހު ފޮށިގަނޑައްގެ ތެރެއަށްލައި އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ. އިނ...

13 Dec 2015 | 14:59

އިންޑިއާގެ މުމްބާއީގެ މަޝްހޫރު އަންހެން އާޓިސްޓެއް ކަމުގައިވާ ހޭމާ އުޕަދަޔާޔާ އާއި އޭނާގެ ގާނޫނީ ވަކީލު ހަރޭޝް ބަމްބާނީ މަރާލުމަށްފަހު ފޮށިގަނޑައްގެ ތެރެއަށްލައި އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން މި ދެމީހުންގެ ހަށިގަނަޑު ފެނިފައިވަނީ މުމްބާއީގެ ކަނދިވާލީ ސަރައްދުގެ ފެންގަނޑެއްގެ ތެރޭގައި އޮތް ފޮށިގަނޑެއްގެ ތެރެއިންނެވެ. ދެމީހުން ފޮށިގަނޑު ތެރެއަށް ލާފައި އޮތް ކަމަށްވަނީ ދެމީހުން އެއްކޮށް ޕްލާސްޓިކް ފޮއިލް އޮޅުމަށް ފަހުގަ އެވެ.

މަރާލާފައިވާ އާޓިސްޓް ހޭމާގެ އުމުރަކީ 45 އެވެ. އޭނާގެ ގާނޫނީ ވަކީލު ހަރޭޝް ބަމްބާނީގެ އުމުރަކީ 65 އަހަރެވެ.

މި ދެމީހުންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ތަހުގީގު ޓީމުން ފަށާފައިވާއިރު އެ ޓީމުން މި ހާދިސާއާއި ބެހޭ މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ވަކީލު ބަމްބާނީގެ ކާރު އަދި ނުފެންނަކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު ހޭމާގެ ފިރިމީހާ ޗިންތަން އުޕަދްޔާޔާ އާވެސް ސުވާލު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެ އެވެ. ޗިންތަން އަކީވެސް އާޓިސްޓެކެވެ.

އިންޑިގެ ނޫސްތަކުގައި ވާގޮތުން ޖޫހޫގައި ހޭމާ ދިރިއުޅެމުން ދިޔައީ ވަކިންނެވެ. ހޭމާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ވަކީލުވެސް ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ހޭމާއަކީ ފޮޓޯގްރާފަރެއްގެ އިތުރުން "ސްކަލަޕްޗަރަލް އިންސްޓަލޭޝަންސް" އާޓިސްޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް