ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ދަފްތަރު ނަމްބަރު 9320، ޙަސަން އަޙްމަދު ދީދީ (40އ)އެވެ.
ފުލުހުން ބުނީ ޙަސަން އަޙްމަދު ދީދީ ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ދިވެހިރާއްޖޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގޭގައި ބަންދުކުރެވިފައިވަނިކޮށް، އޭނާ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުން ބެލިބެލުމުން ބަންދުކުރެވިފައިވާ އެޑްރެހުގައި ނޫޅޭތީއާއި އޭނާ މިހާރު އުޅެމުންދާ އެޑްރެއްހެއް އެނގިފައިނުވާތީ މިހާތަނަށް ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާތީ ކަމަށެވެ.
ޙަސަން އަޙްމަދު ދީދީ އާ ބެހޭ އެއްވެސް މަޢުލޫމާތު ލިބިފައިވާނަމަ އެމަޢުލޫމާތެއް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9792498 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް