ވިލިނގިލީ ގެއަކުން ވަގަށްނަގާފައިވާ ތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގެ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި، މައްސަލަ ހުށަހެޅުނުތާ ހަތަރު ގަޑިއިރުގެ ތެރޭގައި ހޯދައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި މައްސަލައާއި ގުޅިގެން ފު...

13 Dec 2015 | 06:52

ގއ. ވިލިނގިލީގެ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި، މައްސަލަ ހުށަހެޅުނުތާ ހަތަރު ގަޑިއިރުގެ ތެރޭގައި ހޯދައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ގއ. ވިލިނގިލީގެ ގެއަކުން ވައްކަންކޮށްފައިވާކަމަށް ބުނެ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހަރަކާތްތެރިވަމުންދާ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުރޭ 23:20 ހާއިރު އޭނާ ދިރިއުޅެމުންދާ ގެކައިރިން ކަމަށެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފައިސާތަކާއި ފޯނުތަކާއި ކެމެރާއާއި ބުރުގާ ދަތިތަކަކާއި ކެވެލިކޮޅުތަކެއްގެ އިތުރުން ފޯނު ކަވަރުތަކެއް ފެނިފައިވާ ކަމަށާއި މި ވައްކަމުގެ މައްސަލާގައި ހިމެނޭ ވޮލެޓް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ކުރަމުންދިޔަ މަސައްކަތުން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގއ. ވިލިނގިލި އަތިރިމަތީގައި ހުރި ގަސްތަކެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މއްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ޑޮމެސްޓިކް ވައިލެންސްއާއި ފުލުހަކަށް އަނިޔާކުރި މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް