ވާދުއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ހުރި ދަޅެއް ފެނިއްޖެ

މާލެއިން ފުރައިގެން ގދ. ވާދޫއަށް އައި ބޯޓަކުން އެރަށަށް ބޭލި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ފެނިއްޖެއެވެ. ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ...

13 Dec 2015 | 05:57

މާލެއިން ފުރައިގެން ގދ. ވާދޫއަށް އައި ބޯޓަކުން އެރަށަށް ބޭލި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި މި ދަޅު ފެނިފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގދ. ވާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 16:00 ން ފެށިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓުން ބޭލި ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެފޮށިގަނޑުގެ ތެރެއިން ކަމަށެވެ.

ފުލުހުން މި ފޮށިގަނޑު ބަލައިފާސްކޮށްފައިވަނީ ވާދޫއަށް އައި ބޯޓުން އެރަށަށް ބޭލި މުދާތަކުގެ ތެރެއިން އެ ފޮށިގަނޑާ ހަވާލުވާން މީހަކު އާދޭތޯ ބެލުމަށްފަހު އެފޮށިގަނޑާ ހަވާލުވާނެ އެއްވެސް ފަރާތެއް ނެތުމުން ތުހުމަތުކުރެވިގެން ކަމަށާއި މިމައްސަލައާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާއިރު މި މައްސަލަ ގދ. ވާދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް