ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ސިޔާސީ ޖަޒުބާތުގެ ކުރިއަށް ޤައުމީ މަޞްލަޙަތު އިސްކުރުމަށް ގޮވާލައްވައިފިއެވެ.
އެޚ
ޢެކްސް މެދުވެރިކޮށް ދެއްވި މެސެޖުގައި ރައީސް ވަނީ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީނުގެ ދިފާޢުގައި ދޮންބަންޑާރައިން ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ކުރެއްވި ޖިހާދު ފާހަގަކުރައްވައި، މަލާބާރީންގެ އަތްދަށުން ޤައުމު މިނިވަންކުރެއްވި އެ ބަޠަލުގެ ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދިވަޑައިގެންފައެވެ.
ހުރަވީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ގާތްވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު މިނިވަންކަން ދިފާޢުކުރާ ގޮތާ މެދު ފުންކޮށް ވިސްނައި، ތާރީޚުން ފިލާވަޅު ލިބިގަތުން މުހިންމު ކަމަށެވެ. އެ މަނިކުފާނު ބާރުއެޅުއްވީ ޒާތީ އަރާރުންތަކުގެ ބަދަލުގައި ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރުމަށާއި، ވެރިކަމުގެ ދަހިވެތިކަމާއި ހަސަދައިގެ ކުރިއަށް ޤައުމީ ސަލާމަތާއި ފުދުންތެރިކަމާއި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދިނުމަށެވެ.
"ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހުރަވީ ދުވަހަކީ މަލާބާރީންގެ އިސްތިޢުމާރުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޤައުމީ ނަޞްރުގެ ހަނދާން އައުކުރާ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް