އިކްރާމް ފެނިއްޖެ – ހާލު ރަނގަޅު: ޕޮލިސް

13 Nov 2026 | 12:07
އިކްރާމް ފެނިއްޖެ – ހާލު ރަނގަޅު: ޕޮލިސް

ގެއްލިގެން ހޯދަމުންދިޔަ އުމުރުން 30 އަހަރުގެ، ހއ. ދިއްދޫ، އާދަމް އިކްރާމް ފެނިފައިވާކަމަށާއި ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ އާދަމް އިކްރާމް މީގެ އިރުކޮޅެއް ކުރިން ހުޅުމާލެއިން ވަނީ ފެނިފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

Advertisement

"މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.

އިކްރާމް ހޯދަން ފެށީ ބުދަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ޚަބަރެއް ނުވުމުންނެވެ.

މިއަދު ހެނދުނު ދުވަހަށް މަޢުލޫމާތު ހިއްސާކުރަމުން އިކްރާމްގެ ބޭބެއަކު ބުނީ އިކްރާމް އަކީ އެމްޓީސީސީ ޓެކްސީލައިންގައި ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތެއް ކަމަށާއި އިކްރާމްވެސް އަދި އިކްރާމް ދުއްވި ސައިކަލުވެސް އެހާހަމައަށް އަދި ނުފެންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް