ހުއްދަ ނޫން ތަނެއްގަ މިރޭގެ އެެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފިި

13 Nov 2026 | 14:06
ފޮޓޯ: ފޭސްބުކް ޕޭޖް ދިވެހިންގެ ބިން ދިވެހިންނަށް

ފޮޓޯ: ފޭސްބުކް ޕޭޖް ދިވެހިންގެ ބިން ދިވެހިންނަށް

މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމެއް އިންތިޒާމުކުރާ ފަރާތުން ފުލުހުންނާ އެއްވެސް މަޢުލޫމާތެއް ހިއްސާ ނުކުރާ ކަމަށް ބުނެ، ޤާނޫނީ އިމުގެ ތެރެއިން އެ އެއްވުން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

ފުލުހުން ބުނީ އެއްވުމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުންނާއި، ޢާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ކުރިމަތިވެދާނެ ދަތިތަކާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރިން ހުއްދަ ލިބިގެން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތާނގައި ނުއެއްވުމަށް ފުލުހުން ވަނީ އިންތިޒާމުކުރާ ފަރާތްތަކަށް އަންގައިފައެވެ.

Advertisement

މީގެ އިތުރުން، މިފަދަ އެއްވުންތަކުގެ ސަބަބުން ޢާންމުންގެ ދަތުރުފަތުރަށާއި ހިނގާ ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަން ފާހަގަކޮށް، އެއްވެސް ފަރާތަކަށް އުނދަގޫ ނުވާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިން އެ ހަރަކާތް ހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގައިފި ނަމަ ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް