މާދަމާ ފެށިގެން މޯލްޑިވް ގޭހުން އަނެއްކާވެސް ފުޅި ފުރެންދެން ގޭސް އަޅަން ފަށަނީ

13 Nov 2026 | 11:51
ފޮޓޯ: މޯލްޑިވް ގޭސް

ފޮޓޯ: މޯލްޑިވް ގޭސް

ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކޮށްގެން ކުރިއަށް ގެންދިޔަ ވަގުތީ އުސޫލު ނިމުމަކަށް ގެނެސް، މާދަމާއިން ފެށިގެން ކުރީގެ މިންވަރަށް ގޭސް ފޯރުކޮށްދޭން ނިންމައިފި ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފިއެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، އެލްޕީޖީ ގޭސް ސަޕްލައި ކުރުމުގައި ކުރިމަތިވެފައި އޮތް ދަތިކަން މިހާރު ވަނީ ޙައްލުވެފައެވެ. އެހެންކަމުން މާދަމައިން ފެށިގެން ކަސްޓަމަރުންނަށް ފުރިހަމައަށް ގޭސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Advertisement

ބައިނަލްއަޤުވާމީ ބާޒާރުގައި ގޭހުގެ އަގު މައްޗަށް ދިޔުމާ އެކު ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކާ ހެދި މޯލްޑިވް ގޭހުން ކުރިން އޮތީ ވަގުތީ ގޮތުން ފުޅިތަކަށް އަޅައިދޭ ގޭހުގެ މިންވަރު ދަށްކޮށްފައެވެ. އެ ބަދަލުގެ ދަށުން 10 ކިލޯގެ ފުޅިއަކަށް ހަތް ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ، އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭސް އެޅީއެވެ.

މޯލްޑިވް ގޭހުން ބުނީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ވީހާ ވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށެވެ.

ސަޕްލައިގެ މައްސަލަ ޙައްލުވުމާ އެކު، މާދަމާއިން ފެށިގެން ތިން ސައިޒުގެ ފުޅިއަށް ވެސް ކުރިން އެޅި މިންވަރަށް ގޭސް ލިބޭނެއެވެ.

ގޭސް އަޅައިދޭ މިންވަރު ދަށް ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް