ގެއްލިގެން ހޯދަމުން އަންނަ އިކްރާމް އަދި ނުފެނޭ – ދުއްވި ސައިކަލުވެސް ނުފެނޭ – ޢާއިލާއިން އެދެނީ އާންމުންގެ އެހީތެރިކަމަށް

13 Nov 2026 | 11:16
ގެއްލިގެން ހޯދަމުން އަންނަ އިކްރާމް އަދި އޭނާ ދުއްވާ ސައިކަލު - ފޮޓޯ: ޢާއިލާ

ގެއްލިގެން ހޯދަމުން އަންނަ އިކްރާމް އަދި އޭނާ ދުއްވާ ސައިކަލު - ފޮޓޯ: ޢާއިލާ

ބުދަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން އަންނަ އުމުރުން 30 އަހަރުގެ، ހއ. ދިއްދޫ، އާދަމް އިކްރާމް އަދިވެސް ފެނިފައިނުވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ދުވަހަށް މަޢުލޫމާތު ހިއްސާކުރަމުން އިކްރާމްގެ ބޭބެއަކު ބުނީ އިކްރާމް އަކީ އެމްޓީސީސީ ޓެކްސީލައިންގައި ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތެއް ކަމަށާއި އިކްރާމްވެސް އަދި އިކްރާމް ދުއްވި ސައިކަލުވެސް އަދި ނުފެންނަ ކަމަށެވެ.

Advertisement

"މިކަމުގައި އަޅުގަނޑުމެން އެދެނީ އެންމެންގެ އެހީތެރިކަމަށް" އިކްރާމްގެ ބޭބެ ދުވަހަށް ބުންޏެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.

 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް