ސީޕީ ނަވީން -
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ފަށާފައިވާ
"އޮޕަރޭޝަން އަލިމަގު" ހަފުތާއެއްހާ ދުވަސް ކުރިން ރާވައި ފުލުހުންގެ ކަމާގުޅޭ
ކޮމާންޑަރުންނާ ހިއްސާކުރެވުނު ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
ވިދާޅުވެއްޖެއެވެ.
ނަވީން މިހެން ވިދާޅުވީ މި އޮޕަރޭޝަނާއި ގުޅޭގޮތުން
ފޯނު މެދުވެރިކޮށް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި ސީޕީ ވިދާޅުވީ ހަފުތާއެއްހާ
ދުވަސް ކުރިން ހޯމް މިނިސްޓަރުގެ އިރުޝާދު ލިބުމުން އޮޕަރޭޝަނަށް ތައްޔާރުވާން ފަށައި
އޮޕަރޭޝަން ކުރިއަށް ގެންދާނެ ގަޑިއާއި ތާރީޚް ކޮމާންޑަރުންނަށް ހިއްސާކުރެވި އޮޕަރޭޝަން
ރޭ ދަންވަރު ފެށިގެން ކުރިއަށްދާކަމަށެވެ.
މިއީ މިހާތަނަށް މިފަދަ ގޮތަކަށް ކުރިއަށްދާ އެންމެ
ބޮޑު އޮޕަރޭޝަންކަމުގައި ސީޕީ ފާހަގަކުރެއްވިއެވެ.
މިފަދަ އޮޕަރޭޝަނެއް ފަށަން އެންގެވިކަން ރައީސް
މިއަދު އިޢުލާނުކުރެއްވިއެވެ. 500އެއްހާ ފުލުހުން އެއްވަގުތެއްގައި ރާއްޖޭގެ އެކި
ކަންކޮޅުތަކުގައި 100 ތަނެއް ފަތިހު 05:30 ހާއިރު ބަލަން ފެށިކަންވެސް ފުލުހުން ހާމަކުރިއެވެ.
އަދި މި އޮޕަރޭޝަނުގައި މިހާތަނަށް 86 ތަނެއް ބަލައި ފާސްކޮށް ނިމި 97 މީހަކު
ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް