ދިވެހި ފުލުހުން -
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން މިއަދު ފަށާފައިވާ
"އަލިމަގު" އޮޕަރޭޝަނުގައި މިހާތަނަސް 97 މީހަކު ހައްޔަރުކޮށްފައިވާކަމަށް
ފުލުހުން ބުނެފިއެވެ.
އެ އޮޕަރޭޝަނުގެ އަދާހަމަ މިއަދު ހާމަކުރަމުން
ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި 86 ތަނެއް ބަލައިފާސްކޮށް 97 މީހަކު
ހައްޔަރުކޮށްފައިވާކަމަށެވެ.
މިފަދަ ކުއްލި އޮޕަރޭޝަނެއް ކުއްލިއަކަށް ފެށިގެން
އިޢުލާނުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ .
އެމަނިކުފާނު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި
ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ
ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މިގޮތުން
ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް
ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
"އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ
ތަންތަން ބަލާ ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ"
ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ހެނދުނު ނެރުނު
ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަތިހ 05:30 ގައި އެއް ވަގުތެއްގައި ރާއްޖޭގެ އެކި
ކަންކޮޅުތަކުން 500 އެއްހާ ފުލުހުން 100 ތަނަށް ވަދެ މަސައްކަތް ފެށި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް