މުޅި ރާއްޖޭގައި ޑުރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ހިންގުމަށް އަންގައިފިން: ރައީސް މުޢިއްޒު

މުޅި ރާއްޖޭގައި ޑުރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގައިފިން: ރައީސް މުޢިއްޒު 500 އަށްވުރެ ގިނަ ފުލުހުން ހިމެނޭހެން މުޅި ރާއްޖޭގައި ޑުރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ހިންގުމަށް އ...

13 Nov 2025 | 06:12
N/A

N/A

މުޅި ރާއްޖޭގައި ޑުރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް

ހިންގުމަށް ފުލުހުންނަށް އަންގައިފިން: ރައީސް މުޢިއްޒު

500 އަށްވުރެ ގިނަ ފުލުހުން ހިމެނޭހެން މުޅި ރާއްޖޭގައި

ޑުރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ހިންގުމަށް އަންގާފައިވާނެކަމުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު އަންގަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ދެންމެ ކުރެއްވި

ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ

ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ

ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ

ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް

އަންގާފައިވާނެކަމަށެވެ.

އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން

ބަލާ ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމުގައިވެސް

ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް