އައްޑޫ ސިޓީގައި ކާރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

އައްޑޫ ސިޓީގައި މިރޭގައި ކާރެއްގައި ރޯވެ އެ ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސ...

12 Nov 2025 | 19:04
N/A

N/A

އައްޑޫ ސިޓީގައި މިރޭގައި ކާރެއްގައި ރޯވެ އެ ކާރު

ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި

ދުއްވަމުން ދިޔަ ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް،

ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާކަމަށެވެ.

"މި ހާދިސާގެ ރިޕޯޓް މިރޭ 22:45 ހާއިރު އެމްއެންޑީއެފް

ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ

ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި،

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ  23:11 ހާއިރު" އެމްއެންޑީއެފްއިން

ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ

ރިޕޯޓު ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުން ފެންނަގޮތުގައި އެ

ކާރަކީ ރާއްޖެ އެތެރެކުރުމަށްފަހު އައްޑޫ ސިޓީގެ ގަރާޖެއްގައި ބާއްވާފައި އޮތް

ކާރެކެވެ. ރޯވީ އައްޑޫ ސިޓީއިން އެހެން ސަރަޙައްދަކަށް ގެންދިއުމަށް ބޯޓަށް

އަރުވަން ދުއްވާފައި ދަނިކޮށް ކަމަށާއި އެއީ މުޅިން އާ ކާރެއް ކަމަށްވެސް ބައެއް

ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް