2026 ގެ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ސްޕެއިން އާއި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު، އަދި އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދި ރޮޑްރީ ބުނެފިއެވެ.
ސްޕެއިންގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ރޮޑްރީ ބުނީ 2026 ގައި އޮންނަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ރޮނާލްޑޯ ފެނިގެން ދިއުމަކީ މުހިންމުކަމެއް ކަމަށާއި، އެހެނީ ރޮނާލްޑޯ އެ މުބާރާތުގައި ފެނިގެން ދިއުމަކީ ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނޭ ކަމެއް ކަމަށެވެ.
ރޮޑްރީ ބުނީ ރޮނާލްޑޯ އެ މުބާރާތުގައި ފެނިގެން ދިއުމަކީ މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެން ދާނޭ ކަމެއްކަމަށާއި އެއީ މުބާރާތުގައި ވާދަކުރާ ހަމަ ކޮންމެ ގައުމަކުންވެސް އެދިއެދި ހުރިކަމެއް ކަމަށެވެ.
"2026 ގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ފެނުން ވަރަށް މުހިންމު. އެއީ އެންމެންވެސް އެދޭ ގޮތް. އަދި ބޭނުންވާނޭވެސް ގޮތް. ރޮނާލްޑޯ އެ މުބާރާތުގައި ކުޅޭނަމަ މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ." ރޮޑްރީ ބުންޏެވެ.
ރޮޑްރީ މިފަދައިނ ބުނިއިރު، ރޮނާލްޑޯވެސް ވަނީ ދާދި ފަހުން އޭނާ2026 ގެ ވޯލްޑް ކަޕުގައި ކުޅޭނޭ ކަމަށް ބުނެފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް