ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ނުވަނީ ހަމަ އެންމެ ރިސޯޓެއް: އެމްއެމްއޭ

ރާއްޖޭގައި 174 ރިސޯޓު ހިންގަމުން އަންނައިރު ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީނުވަނީ ހަމަ އެންމެ ރިސޯޓެއްކަމުގައި އެ އޮތޯރިޓީއިން ބުނެފިއެވެ. ދުވަހަށް މަ...

13 Nov 2024 | 17:57

ރާއްޖޭގައި 174 ރިސޯޓު ހިންގަމުން އަންނައިރު ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީނުވަނީ ހަމަ އެންމެ ރިސޯޓެއްކަމުގައި އެ އޮތޯރިޓީއިން ބުނެފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓަކުން ރަޖިސްޓްރީކޮށްފައިވީނަމަވެސް މަދު ރިސޯޓަކުން ޝަކުވާހުށަހަޅާފައިވެއެވެ.

އެމްއެމްއޭއިން އެކުލަވާލައި އާންމުކޮށްފައިވާ ގަވާއިދުގައިވާގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކަކުންވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހެއެވެ.

ދެ ކެޓަގަރީއަކަށް ބަހާލާފައިވާއިރު އޭ ކެޓަގަރީގައި ހިމެނޭ ފަރާތްތަން ކޮންމެ ޓޫރިސްޓަކަށް، 500 ޑޮލަރުގެ މަގުން ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ޖެހެއެވެ. އެ ކެޓަގަރީގައި ހިމެނެނީ ރިސޯޓްތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ.

ބީ ކެޓަރީގައި ހިމެނޭ ފަރާތްތަކުން ޓޫރިސްޓަކަށް، 25 ޑޮލަރުގެ މަގުން ބޭންކަށް ޖަމާކުރަން ޖެހެއެވެ. ބީ ކެޓަގަރީގައި ހިމެނެނީ ގެސްޓްހައުސްތަކެވެ.

އާ ގަވާއިދަށް އޮކްޓޯބަރު މަހުގެ އެއްވަނަދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވީނަމަވެސް ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ފަށަން ޖެހެނީ އަންނަ ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެންނެވެ.

ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކުތަކަށް ޖަމާކުރުން ލާޒިމުވާނެހެން އެމްއެމްއޭއިން އެކުލަވާލާފައިވާ އާ ގަވާއިދަށް އަމަލުކުރަން ފެށީ އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް