އެމްޕީއެލްއިން ފުލުހުންނަށް ފޯކްލިފްޓެއް ފޯރުކޮށްދެނީ

މޯލްޑިވްސް ޕޯޓްސް ލިމިޓަށް (އެމްޕީއެލް) އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޯކްލިފްޓެއް ފޯރުކޮށްދިނުމުގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފިއެވެ. އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތ...

13 Nov 2024 | 15:59

މޯލްޑިވްސް ޕޯޓްސް ލިމިޓަށް (އެމްޕީއެލް) އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޯކްލިފްޓެއް ފޯރުކޮށްދިނުމުގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި މަސައްކަތްތަކުގައި ބޭނުންކުރުމަށް އެމްޕީއެލްއިން ފަސް ޓަނުގެ ފޯކްލިފްޓެއް ފޯރުކޮށްދޭނެކަމުގައި އެމްޕީއެލްއިން ބުނެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް