އަނެއްކާވެސް އަލީ ރަމީޒް މި ސަރުކާރަށް ފާޑުކިޔައިފި

ޖަމިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރ އަދި އިސްލާމްދީނަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒް އަނެއްކާވެސް މި ސަރުކާރަށް ފާޑުކިޔައިފިއެވެ. އަލީ ރަމީޒު މިފަހަރު ފާޑުކިޔ...

13 Nov 2024 | 10:24

ޖަމިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރ އަދި އިސްލާމްދީނަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒް އަނެއްކާވެސް މި ސަރުކާރަށް ފާޑުކިޔައިފިއެވެ.

އަލީ ރަމީޒު މިފަހަރު ފާޑުކިޔާފައިވަނީ އޮލިމްޕަހުގައި އޮލިމްޕިއަންސް މިއުޒިކް ޝޯ ބާއްވަން ތައްޔާރުވަމުން އަންނައިރު އެ މައްސަލައިގައެވެ.

މި މައްސަލައިގާ އަލީ ރަމީޒް ކުރި ޕޯސްޓްގައި ބުނެފައިވަނީ ހުއްޓިފައިހުރި މިފަދަ މުންކަރާތްތައް ދިރުވާ އާލާކުރުމަކީ ހިތާމަހުރިކަމެއް ކަމަށެވެ.

"މާތް ﷲ ވަނީ މިއުޒިކް ހަރާން ކުރައްވާފަ" އަލީ ރަމީޒްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

"Olympians with Youth" ނަމުގައި ތިން ރެއަށް ދެމިގެންދާ ލައިވް ކޮންސަޓްތަކެއް ބޭއްވުމަށް ނެޝަނަލް ސެންޓަރ ފޯރ ދިން އާޓްސް (އެންސީއޭ) އިން އަންނަނީ ޓިކެޓް ވިއްކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް