އިތުބާރު ކުރެވޭ މަގާމެއްގައިހުރެ 11 އަހަރާއި 7 އަހަރުގެ ދެ އަންހެން ކުދިންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ސައުތު ޕޮލިސް (ގއ. ގދ. ޏ އަދި ސ) ގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކ 11 އަހަރުގެ އަންހެންކުއްޖަކަށް އަދި 7 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ނޮވެމްބަރު ހަތަރުވަނަ ދުވަހުގެ ރޭ ރިޕޯޓްކުރި ކަމަށެވެ.
"މި މައްސަލައާއި ގުޅިގެން 56 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް