ތުއްތު ކުދިން ވިއްކާ ދެމަފިރިއަކު އިންޑިއާއިން އަތުލައިގަތުން – ރާއްޖެއާވެސް ގުޅުމެއް ވާކަމުގެ ތުހުމަތު !

ޓައިމްސް އޮފް އިންޑިއާއިން މީގެ ދެ ދުވަސްކުރިން ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިއާގެ ސީއައިޑީގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ރެޑް-ހޭންޑެޑްކޮށް ދެމަފިރިއަކު އަތުލައ...

13 Nov 2024 | 05:03

ޓައިމްސް އޮފް އިންޑިއާއިން މީގެ ދެ ދުވަސްކުރިން ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިއާގެ ސީއައިޑީގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ރެޑް-ހޭންޑެޑްކޮށް ދެމަފިރިއަކު އަތުލައިގަތެވެ.

އުމުރުން 38 އަހަރުގެ މަނިކް ހަލްދާރު ނަމަކަށް ކިޔާ ފިރިހެނަކާއި އުމުރުން 32 އަހަރުގެ މުކުލް ސަރްކާރް ނަމަކަށްކިޔާ އަންހެނަކު އަތުލައިގަތީ އުމުރުން އެންމެ ދެ ދުވަސްވީ ފިރިހެން ކުއްޖަކު ވިއްކާލަން އުޅުމުގެ ތެރޭގައެވެ.

ސީއައިޑީގެ ދެ އޮފިސަރަކު، އެ ދެ އޮފިސަރުންނަކީ ދަރިން ނުލިބޭ ބައެއްގެ ގޮތުގައި އެޕްރޯޗްކޮށްގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރުކުރި ދެމީހުންގެ ތަހުގީގު ފަށާފައިވާއިރު ޓައިމްސް އޮފް އިންޑިއާގައި މިއަދު ރިޕޯޓްކޮށްފައިވަނީ އެ ދެމަފިރިން ރާއްޖެއާއި ކޮންގޯއަށް ދަތުރުކޮށްފައިވާކަމަށާއި އަދި މިސްރުން ގިނަ ކޯލްތަކެއް އެ ދެމަފިރިންނަށް ލިބިފައިވާކަމަށެވެ.

ތުހުމަތުކޮށްފައިވަނީ އައިވީއެފް ސެންޓަރުތަކުން އެ ސެންޓަރުތަކުގެ ބައެއް ކޮރަޕްޓް އޮފިޝަރުންނާއި ގުޅިގެން ކުދިން ވަގަށް ނަގައިގެން ވިއްކާ ކަމަށެވެ.

ތުއްތު އަންހެން ކުދިން ވިއްކަމުންގޮސްފައިވަނީ 4 ލައްކައާއި 6 ލައްކަ ރުޕީސްއާއި ދެމެދުގެ އަގެއްގައެވެ. ތުއްތު ފިރިހެންކުދިން ވިއްކަމުންގޮސްފައިވަނީ 6 ލައްކައާއި 8 ލައްކައާއި ދެމެދުގެ އަގެއްގައެވެ.

އާދީއްތަ ދުވަހުގެ ހެނދުނު މަނިކާއި މުކުލް އަތުލައިގަތީ ވިއްކާލަން ތައްޔާރުކޮށްގެން އުމުރުން އެންމެ ދެ ދުވަސްވީ ތުއްތު ކުއްޖަކު ގޮވައިގެން އިންޑިއާގެ ބިހާރް ސްޓޭޓުން ވެސްޓް ބެންގާލްގެ ޝާލިމާރ ރެއިލް ސްޓޭޝަނަށް ދިޔަ ތަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް