މީގެ ކުރިން އެޕޮއިންޓްމަންޓް އުސޫލުން ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެމްއެމްއޭ އިން އާންމުންނަށް ދެމުންގޮސްފައިވާ ބޭންކިން ޚިދުމަތްތައް 12 ނޮވެންބަރު 2024 އިން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހެއްގައި ވެސް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބޭންކިން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުން ކަމަށާއި ވަކިވަކި ޚިދުމަތްތައް ލިބިގެންދާނެ ގަޑިތައް ވެސް އެމްއެމްއޭ އިން ވަނީ އިއުލާން ކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ކުދި ރުފިޔާ ދޫކުރުމާއި ވަކި ލާރި ދޫކޮށް އަދި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 11 އަށް އަދި ހަލާކުވެފައިވާ ނޫޓަށް ބަދަލު ދިނުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް އަދި ހަމަ އެހެންމެ އެހެނިހެން ޚިދުމަތްތައް: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ކުރިއަށްދާނެކަމަށެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްދިނުމަށްކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް