ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް ނަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވިއިރު މިއަދު ހަވީރު މަޖިލީހުގައި އޮތް ޖަލްސާގައި ރައީސް ނަޝީދު އިންނެވީ މަޖިލީހުގައި އެމަނިކުފާނު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގައެވެ.
ރައީސް ނަޝީދު މިއަދު އިސްތިއުފާ ދެއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ދިޔައީ ކުރިއަށެވެ. އެ ގަރާރަކީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅިގެން ކުރިއަށްދާ ގަރާރެކެވެ.
އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރެއްޖެނަމަ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ބޮޑުވަމުންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް