އީވާ ވަކި ކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު އެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލީހަށް މިއަދު ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއި އެކުގައެވެ. ސޮއި ކުރި...

13 Nov 2023 | 09:12

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު އެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް މިއަދު ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއި އެކުގައެވެ. ސޮއި ކުރި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 49 މެންބަރުން ހިމެނޭއިރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުވެސް އެ ގަރާރުގައި ސޮއި ކުރައްވާފައިވެއެވެ. ނަޝީދަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެކެވެ.

އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރެއްވެސް ކުރިން ހުށަހަޅާފައިވެއެވެ. އެ ގަރާރު ކުރިއަށް ނުގެންދެވި ހަފްތާއަކަށްވުރެ ގިނަ ދުވަސްވުމުން އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލައަށް ފަރުވާއެއް ދިނެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ފަރުވާވެސް އިއްޔެ ބޭކާރުވެގެންދިޔައީ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ހިސާބުންނެވެ. ބޭރުކޮށްލީ ހުށަހެޅި ގަރާރުގައި ދީބާޖާ ހިމަނާފައިނުވާކަމަށްބުނެ ގަރާރު ފުރިހަމަ ނުވާކަމަށް ބުނެއެވެ.

އިއްޔެ އެ ގަރާރު ކުރިއަށް ގެންދިއުމަށް ދެ ޖަލްސާއެއް ބޭއްވި ނަމަވެސް އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މިއަދުވެސް ޖަލްސާއަށް އެ ގަރާރު ހުށަހެޅި ނަމަވެސް އަދިވެސް އެ މައްސަލަވެސް ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް