ހުށަހަޅާފައިވަނީ ގަރާރެއް ނޫންކަމަށް ނިންމާ އިއްޔެ ބޭރުކޮށްލި މައްސަލަ އަލުން އެޖެންޑާކޮށް ޖަލްސާ ކުރިއަށް ގެންދަން މިއަދު މަސައްކަތްކޮށްފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ ގަރާރު އިއްޔެ ބޭރުކޮށްލީ އެއީ ގަރާރަކަށް ނުފެތޭ ކަމަށް ބުނެއެވެ. ގަރާރު ހުށަހެޅި އިރު ދީބާޖާ ހިމަނާފައިނުވާކަމަށް ބުނެއެވެ. ހަމަ އެ މައްސަލައިގާ އިއްޔެ ދެވަނަ ޖަލްސާއެއްވެސް އެޖެންޑާކުރިއެވެ.
ގަރާރު ބޭރުކޮށްލި ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ދެވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާއެވެ. އީވާ އިއްޔެ ވިދާޅުވީ އެއީ ގަރާރެއް ނޫންކަމަށް މަޖިލީހުން ނިންމާފައިވާއިރު އެ ޖަލްސާ ކުރިއަށް ގެންދެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
މިއަދު ޖަލްސާ ފެށި ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް އެޖެންޑާކޮށްގެންނެވެ. އެހެން ނަމަވެސް ތިން ފަހަރަށް ކޯރަމް ރަނގަބީލު ޖަހައިގެންވެސް ކޯރަމް ހަމަނުވެ މަޖިލިސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
މިއަދު ދެވަނަ ޖަލްސާއެއް އަލުން އެޖެންޑާކުރީ 11:00 އަށެވެ. ދެވަނަ ޖަލްސާގައި އެޖެންޑާގައި އަލުން ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރި ނަމަވެސް ތަޅުމުގެ ނިޒާމު ގެއްލިފައިވާތީ އީވާ ނިންމެވީ އަނެއްކާވެސް ޖަލްސާ މެދު ކަނޑާލުމަށެވެ.
އިއްޔެ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ ބޭރު ކުރުމަށްފަހު އަނެއްކާ އަލުން މިއަދު އެ މައްސަލަ އެޖެންޑާކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އަދި މިއަދުގެ ޖަލްސާ އެކުގައި ނިންމާލާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް