އީވާ ވިދާޅުވަނީ މިއަދު އިރު އިރުކޮޅާ ކޯރަމް ބެލް ޖަހަން ނަމަވެސް ރިޔާސަތުގައި މަޑުކުރައްވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަދި ކޯރަމް ހަމަނުވެގެން ފެށިފައިނުވި ނަމަވެސް މިއަދުގެ ޖަލްސާގެ މުހިންމު ކަމުން އިރު އިރުކޮޅާ ކޯރަމް ބެލް ޖައްސަވަންވެސް މަޑުކުރައްވާނެ ކަމުގައި ރައްޔިތުންގެ މ...

13 Nov 2023 | 04:33

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަދި ކޯރަމް ހަމަނުވެގެން ފެށިފައިނުވި ނަމަވެސް މިއަދުގެ ޖަލްސާގެ މުހިންމު ކަމުން އިރު އިރުކޮޅާ ކޯރަމް ބެލް ޖައްސަވަންވެސް މަޑުކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ރިޔާސަތުގައި އިންނަވާ މިއަދު ޖަލްސާ އަދި ފެށެން ނެތްކަން އިއުލާނު ކުރައްވަމުންނެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ގޯތިތެރޭގައި ކުޑަދޮށުގައި މިއަދުވެސް މެންބަރުން އެބަ ތިއްބެވި ކަމަށާއި މިއަދު ޖަލްސާ ވަރަށް މުހިންމު ކަމަށެވެ.

ޖަލްސާގެ މުހިންމުކަން ހާމަކުރައްވަމުން އީވާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ އަދި ސަޕްލިމެންޓަރީ ބަޖެޓު މިއަދަށް ތާވަލު ކުރެވިފައިވާއިރު ބަޖެޓު ފާސް ނުކުރެވިއްޖެނަމަ އަންނަ ސަރުކާރަށް ވަރަށް ދަތިވާނެ ކަމަށެވެ. އަދި ދަތި ވާނީ ހަމަ އެކަނި ސަރުކާރަށް ނޫން ކަމަށެވެ.

އިތުރަށް އީވާ ފާހަގަކުރެއްވީ އިހައްދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބަޖެޓުގެ ކަންކަން ކުރިއަށްގެންދަން ޖެހޭނެކަން ފާހަގަކޮށްފައިވާކަން ތަކުރާރުކުރައްވާފައެވެ. އީވާ ވިދާޅުވީ އެކަނި ނަމަވެސް މަޑު ކުރައްވައި އިރު އިރުކޮޅާ ކޯރަމްގެ ބެލް ޖައްސަވައި އަދި ވީ ވަރަކުން މަސައްކަތް ކޮށް ކޯރަމް ހަމަކުރެވޭތޯ މިއަދު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބަޖެޓުގެ ވާހަކަ މިއަދު އެޖެންޑާކޮށްފައިވީނަމަވެސް ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިގެންފައެއް ނުވެއެވެ. އާލާސްކަންފުޅެއްގައި އުޅުއްވާތީ ވަޑައިގަނެވެން ނެތްވާހަކަ މަޖިލީހަށް ފިނޭންސް މިނިސްޓަރު ވަނީ އަންގަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް