ޕިއްޒާ ކިޗަންގެ އަހަރީ ދުވަސް: ހިލޭ ސައިކަލެއް ހޯދަން ބޭނުންތަ؟

މީރު ޕިއްޒާ ހަދާ ތަނެއްގެ ގޮތުގައި މާލޭގައި ނަން މަޝްހޫރު ވެފައިވާ "ޕިއްޒާ ކިޗަން" ގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހިލޭ ސައިކަލެއް ހޯދުމުގެ ރަނުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައި...

13 Nov 2022 | 16:56

މީރު ޕިއްޒާ ހަދާ ތަނެއްގެ ގޮތުގައި މާލޭގައި ނަން މަޝްހޫރު ވެފައިވާ "ޕިއްޒާ ކިޗަން" ގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހިލޭ ސައިކަލެއް ހޯދުމުގެ ރަނުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

ޕިއްޒާ ކިޗަން އިން މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ މިކަމާ ގުޅޭ ޕޯސްޓު ތިން އެކުވެރިއަކަށް ޓެގްކޮށް، ޕަބްލިކަށް ފެންނަ ގޮތަށް އެ ޕޯސްޓު ހިއްސާކޮށް އަދި ޕިއްޒާ ކިޗަންގެ ޕޭޖަށް "ލައިކް" އެއް ދިނުމުން މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ.

މިހާރު ވެސް ފުރުސަތު ހުޅުވާލާފައިވާ މި ފުރުސަތު އަންނަ އަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އަދި މި ފުރުސަތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ ލައިވްކޮށް ކަމަށް ޕިއްޒާ ކިޗަންގެ މެނޭޖްމަންޓުން ބުނެފައިވެއެވެ.

ހިލޭ ސައިކަލެއް ހޯދުމުގެ ފުރުސަތު އިތުރަށް ފަހި ކުރުމަށްޓަކައި، ޕިއްޒާ ކިޗަންގެ އެ ޕޯސްޓަށް އެއް ފަހަރަށް ވުރެ ގިނައިން ވެސް ކޮމެންޓު ކުރެވިދާނެ ކަމަށާއި ނަމަވެސް ކޮންމެ ކޮމެންޓެއްގައި ވެސް އެކުވެރިއަކު ޓެގް ކުރަން ވާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި މި ފުރުސަތުގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހިންނަށް އެކަނި ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް