ތާ ލާމު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން އެ މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުން އަންނަ މަސްވެރިންނާއި މަޝްވަރާ ކުރުމަށް ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްސްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް މާންދުއަށް ވަޑައިގެންފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސިޔާދު މާންދުއަށް ވަޑައިގަތީ މި މައްސަލައިގާ މަސްވެރިންނާއި މަޝްވަރާ ކުރުމަށެވެ. އަދި އެ މަޝްވަރާއަށް މުޒާހަރާގައި ބައިވެރިވާ ކޮންމެ ދޯންޏަކުން ދެމީހަކަށް ފުރުސަތު ދީ މިހާރު މަޝްވަރާ ފަށަން ތައްޔާރުވަމުން އަންނަކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.
މަސްރަހު ފިނިކޮށް މަޝްވަރާއަށް ޝިޔާދު ވަޑައިގެންފައިވާއިރު ތާ ލާމުގެ މަސްވެރިން އިއްޔެ ހެނދުނުއްސުރެ ކުރަމުން އަންނަ މުޒާހަރާގައި ޑިމާންޑް އިއްޔެ ޑިމާންޑް ކުރީ ދޯނިތަކަށް ނުލިބިވާ 21 މިލިޔަން ރުފިޔާ ދިނުމަށާއި މާންދޫއިން ވިއްކާ ތެލުގެ އަގު ދަށް ކުރުމަށާއި މަސް ގަނެފައި ކުރިއަށް އޮތް ތާނގައި ގިނަވެގެން 14 ދުވަސް ތެރޭގައި ފައިސާ ދިނުމަށެވެ. އިއްޔެ ހެނދުނުއްސުރެ ހަވީރާއި ހަމައަށް އެ ޝަރުތުތަކަށް ހޮރައިޒަން ފިޝަރީޒް އިން އެއްބަސްވެފައެއް ނުވެއެވެ.
މިއަދު ހެނދުނުވެސް މުޒާހަރާގެ ބައިވެރިން އަލުން މުޒާހަރާ ކުރިއަށްގެންގޮސް އެ މުޒާހަރާގެ ބައިވެރިންގެ ޝަތުރު ދަށް ކުރިއެވެ. އެގޮތުން މިހާރު މުޒާހަރާގައި ބައިވެރިވާ 24 ދޯންޏަށް ލިބެންޖެހޭ 8.7 މިލިޔަން ރުފިޔާ ދިނުމުން އެ މުޒާހަރާ ހުއްޓާލާނެކަމުގައި މުޒާހަރާގެ ބައިވެރިން ބުންޏެވެ. ނަމަވެސް މިއަދު އިރު އޮއްސުމާއި ހަމައަށްވެސް އެކަމަށް ހޮރައިޒަން ފިޝަރީޒް އިން އެއްބަސްވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް