ދިވެހި ރުފިޔާ ނިޝާނާއި އެކު ފުރަތަމަ ފަހަރަށް ނޫޓު ޗާޕުކޮށްފި

މިއަހަރު ތައާރަފު ކުރި ދިވެހި ރުފިޔާ ނިޝާނާއި އެކު ފުރަތަމަ ފަހަރަށް ނޫޓު ޗާޕުކޮށްފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ވަނީ އެ ނޫޓު، ލޯންޗުކޮށް ދައްކާލާފައި އެވެ. ރުފިޔާ ނިޝާ...

13 Nov 2022 | 15:08

މިއަހަރު ތައާރަފު ކުރި ދިވެހި ރުފިޔާ ނިޝާނާއި އެކު ފުރަތަމަ ފަހަރަށް ނޫޓު ޗާޕުކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ވަނީ އެ ނޫޓު، ލޯންޗުކޮށް ދައްކާލާފައި އެވެ. ރުފިޔާ ނިޝާން ޖަހައި ފުރަތަމަ ޗާޕު ކުރީ50 ރުފިޔާގެ ނޫޓެވެ.

އެމްއެމްއޭއިން ބުނީ އަލަށް ޗާޕު ކުރި ނޫޓުގެ ދެފަރާތުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނިފައި ވާނެ ކަމަށެވެ. ނޫޓުގައި ސޮއި ކުރައްވާފައިވަނީ ގަވަރުނަރު އަލީ ހާޝިމްއެވެ.

އެ ނޫޓުގައި ޗާޕުކުރި ތާރީހަކަށް ޖެހިފައި ވާނީ އަށެއް ސެޕްޓެމްބަރު 2022 އެވެ.

އަލަށް ޗާޕު ކުރި ނޫޓު ބޭނުން ކުރަންފަށާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.

ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެ އެވެ. މި ނިޝާން ތައާރަފް ކުރީ މިދިޔަ ޖުލައި މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް