ވޯލްޑް ކަޕް 2022 ފެށެން ހަފުތާއަކަށް ވީއެވެ. މިއީ މެދުއިރުމަތީގެ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ ނޮވެމްބަރު/ ޑިސެމްބަރުގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރު ވެސްމެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމުކަމަށްވާ ގަތަރުގައި މި ފަހަރުގެ މުބާރާތް ބާއްވާއިރު، މުބާރާތުގެ ކުލަ ގަދަވެފައި، ސްޓޭޑިއަމްތަކުގެ ރީތިކަން ވެސް ފެނިގެންދާނެއެވެ. އެހެންކަމުން މި ބަލައިލަނީ، ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ މެޗުތައް ކުޅޭނެ ސްޓޭޑިއަމްތަކަށެވެ.
ގަތަރު ވޯލްޑް ކަޕް 2022 – އަދަދުން
ވާދަކުރާ ގައުމުގެ އަދަދު: 32
މެޗުތައް ކުޅޭ ސްޓޭޑިއަމްގެ އަދަދު: 8
މެޗުތަކުގެ އަދަދު: 65
މުބާރާތް ހުޅުވާ މެޗު: އަލް ބައިތު ސްޓޭޑިއަމް
ފައިނަލް މެޗު: ލުސައިލް ސްޓޭޑިއަމް
ސްޓޭޑިއަމްތަކުގެ އެވްރެޖް ކެޕޭސިޓީ: 47500 (ސާޅީސް ހަތް ހާސް، ފަސް ސަތޭކަ)
ޖާގައިގެ ގޮތުން އެންމެ ބޮޑު ސްޓޭޑިއަމް: ލުސައިލް ސްޓޭޑިއަމް: 80000 (އަށްޑިހަ ހާސް)
ޖާގައިގެ ގޮތުން އެންމެ ކުޑަ ސްޓޭޑިއަމް: *އެއް ސްޓޭޑިއަމް އަށްވުރެ ގިނަ (40000، ސާޅީސް ހާސް)
ލުސެއިލް ސްޓޭޑިއަމް
ޖާގަ: 80000 (އަށްޑިހަ ހާސް)
ހުޅުވި/ހުޅުވާނެ އަހަރު: 2022
މެޗުތައް: ގްރޫޕް ސްޓޭޖް 5 މެޗު، ރައުންޑް އޮފް 16ގެ 1 މެޗު، ކުއާޓާ ފައިނަލް 1 މެޗު، ސެމީ ފައިނަލް 1 މެޗު، ފައިނަލް މެޗު
އަލް ބައިތު ސްޓޭޑިއަމް
ޖާގަ: 60000 (ފަސްދޮޅަސް ހާސް)
ހުޅުވި/ހުޅުވާނެ އަހަރު: 2021
މެޗުތައް: ގްރޫޕް ސްޓޭޖްގެ 5 މެޗު (މުބާރާތް ހުޅުވާ މެޗާއެކު)، ރައުންޑް އޮފް 16ގެ 1 މެޗު، ކުއާޓާ ފައިނަލް 1 މެޗު، ސެމީ ފައިނަލް 1 މެޗު
އަލް ޖަނޫބް ސްޓޭޑިއަމް
ޖާގަ: 40000 (ސާޅީސް ހާސް)
ހުޅުވި/ހުޅުވާނެ އަހަރު: 2019
މެޗުތައް: ގްރޫޕް ސްޓޭޖްގެ 5 މެޗު އަދި ރައުންޑް އޮފް 16ގެ 1 މެޗު
އަޙްމަދު ބިން ޢަލީ ސްޓޭޑިއަމް
ޖާގަ: 40000 (ސާޅީސް ހާސް)
ހުޅުވި/ހުޅުވާނެ ތާރީޚް: 2020
މެޗުތައް: ގްރޫޕް ސްޓޭޖްގެ 5 މެޗު އަދި ރައުންޑް އޮފް 16ގެ 1 މެޗު
ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް
ޖާގަ: 40000 (ސާޅީސް ހާސް)
ހުޅުވި/ހުޅުވާނެ އަހަރު: 1976
މެޗުތައް: ގްރޫޕް ސްޓޭޖްގެ 5 މެޗު، ރައުންޑް އޮފް 16ގެ 1 މެޗު އަދި 3 ވަނަ ހޮވާ މެޗު
އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް
ޖާގަ: 40000 (ސާޅީސް ހާސް)
ހުޅުވި/ހުޅުވާނެ އަހަރު: 2020
މެޗުތައް: ގްރޫޕް ސްޓޭޖްގެ 5 މެޗު، ރައުންޑް އޮފް 16 ގެ 1 މެޗު، ކުއާޓާ ފައިނަލްގެ 1 މެޗު
ސްޓޭޑިއަމް 974
ޖާގަ: 40000 (ސާޅީސް ހާސް)
ހުޅުވި/ހުޅުވާނެ އަހަރު: 2021
މެޗުތައް: ގްރޫޕް ސްޓޭޖްގެ 5 މެޗު އަދި ރައުންޑް އޮފް 16ގެ 1 މެޗު
އަލް ތުމާމާ ސްޓޭޑިއަމް
ޖާގަ: 40000 (ސާޅީސް ހާސް)
ހުޅުވި/ހުޅުވާނެ އަހަރު: 2021
މެޗުތައް: ގްރޫޕް ސްޓޭޖް 5 މެޗު، ރައުންޑް އޮފް 16ގެ 1 މެޗު، ކުއާޓާ ފައިނަލް 1 މެޗު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް