މެކްސިކޯ ޓީމަށް "އެލް ތްރީ" ކިޔަނީ ކީއްވެކަން އެނގޭތަ؟

އަދި ވޯލްޑް ކަޕްގެ މުބާރާތެއްގެ ތަށި ނުނެގުނަސް، ދުނިޔޭގެ ފުޓްބޯޅާގައި މެކްސިކޯގެ ނަމަކީ ކުލަގަދަ ނަމެކެވެ. ވޯލްޑް ކަޕްގައި ވެސް 16 ފަހަރު ވާދަކޮށްފައިވާ، ވޯލްޑް ކަޕަށް މުހިންމު ނަމެކެވެ. އުތުރު އެމެރ...

13 Nov 2022 | 12:50

އަދި ވޯލްޑް ކަޕްގެ މުބާރާތެއްގެ ތަށި ނުނެގުނަސް، ދުނިޔޭގެ ފުޓްބޯޅާގައި މެކްސިކޯގެ ނަމަކީ ކުލަގަދަ ނަމެކެވެ. ވޯލްޑް ކަޕްގައި ވެސް 16 ފަހަރު ވާދަކޮށްފައިވާ، ވޯލްޑް ކަޕަށް މުހިންމު ނަމެކެވެ.

އުތުރު އެމެރިކާ ބައްރަށް ނިސްބަތްވާ މެކްސިކޯގައި މިހާތަނަށް ވޯލްޑް ކަޕްގެ 2 މުބާރާތް ބާއްވާފައިވެއެވެ. ފުރަތަމަ ފަހަރަށް މެކްސިކޯގައި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވިއިރު، އޭގެ 16 އަހަރު ފަހުން 1986 ގައި އަނެއްކާ ވެސް އެ ފުރުސަތު ލިބިގެންދިޔައެވެ. ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ހިތުގައި މެކްސިކޯއަށް ޚާއްސަ ޖާގައެއް ދެވިފައިވާއިރު، އެ ގައުމަކީ ދުނިޔޭގައި ނަން ވިދާލި އެތައް ކުޅުންތެރިންނެއް އުފެއްދި ގައުމެކެވެ. އޭގެ ތެރޭގައި ހޫގޯ ސަންޗޭޒް، ޖޯޖް ކެމްޕޮސް، ލުއިސް ގާސިއާ، ހަވިއޭ ހެނާންޑޭޒް (ޗިޗަރީޓޯ) އަދި ރައުލް ޖިމެނޭޒް ފަދަ ކުޅުންތެރިން ހިމެނެއެވެ.

މެކްސިކޯ ޓީމަށް ފުޓްބޯޅާގައި "އެލް ތްރީ" ގެ ނަމުން މުހާތަބު ކުރެވޭއިރު، މި ބަލާލަނީ އެ ވަނަމުގެ ފަހަތުގައި ފޮރުވިފައިވާ މާނައަށެވެ.

"އެލް ތްރީ" ކިޔަނީ ކީއްވެ؟

ވަނަމެއްގެ ގޮތުގައި ބޭނުންކުރެވޭ "އެލް ތްރީ" އަހިސްފައިވަނީ 3 ކުލަ ހިމެނޭ މެކްސިކޯގެ ދިދަ އިންނެވެ. އެ ކްލަތަކަކީ ފެއްސާއި، ހުދާއި، ރަތެވެ. މެކްސިކޯގެ ގައުމީ ޓީމު އާންމުކޮށް ކުޅެނީ މި 3 ކުލަ ހިމެނޭ ޖާޒީގައެވެ.

"އެލް ތްރީ" ގެ މާނައަކީ ކޮބާ؟

"އެލް ތްރީ" ނުވަތަ ބައެއް ފަހަރު މުހާތަބުކުރެވޭ ނަމުންނަމަ "އެލް ތްރީކަލާ" ގެ ދިވެހި މާނައަކީ 3 ކުލައެވެ.

މެކްސިކޯގެ ކްރެސްޓް

އެލް ތްރީ ނުވަތަ މެކްސިކޯގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކްރެސްޓް ނުވަތަ ލޯގޯ ބިނާވެފައިވަނީ ބާޒެއްގެ ސިފަވާ ކުރެހުމަކާއި، އިނގިރޭސި އަކުރުން ބޮޑުކޮށް ލިޔެވިފައިވާ މެކްސިކޯގެ ނަމަށެވެ. ބާޒުގެ ތިރިން ފުޓުބޯޅައެއް ފެންނައިރު، ބާޒުގެ ވަށައިގެން ވާ ކުރެހުމުގައިވަނީ މެކްސިކޯގެ 3 ކުލައެވެ.

ލޯގޯގައިވާ ބާޒަކީ މާޔަން އަދި އެޒްޓެކްގެ ފަންނީ ކުރެހުންތަކުން (އާޓްވޯކްސް) ނަގާފައިވާ ޚިޔާލެކެވެ. ބާޒުގެ ވަކިގަނޑުގެ ދަށުގައިވާ ފުޓްބޯޅައިގެ ޑިޒައިންގެ އަސްލަކީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތަޢާރަފުކުރި ޓެލްސްޓަރ ބޯޅައެވެ. މިއީ 1980 ގެ އަހަރުތަކުން ފެށިގެން ފުޓްބޯޅަ ކްރެސްޓްތަކުގައި ވަރަށް އާންމުކޮށް ބޭނުންކުރަމުން އަންނަ ޑިޒައިނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް