އަތުލައިގަނެވޭ ޑްރަގް ބަލަހައްޓާ ފުލުހަކު، ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ފުލުހަކު ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. އެ ފުލުސް މީހާ އަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑްރަގް ބޭނުންކޮށް ޕާޓީ ކުރަމުނ...

13 Nov 2022 | 10:51

ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ފުލުހަކު ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އެ ފުލުސް މީހާ އަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑްރަގް ބޭނުންކޮށް ޕާޓީ ކުރަމުން ދަނިކޮށް ހައްޔަރު ކުރި ގްރޫޕުގެ ތެރޭގައި ހިމެނޭ މީހެކެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރޭ ފިލްމީ ތަރިން ހިމެނޭހެން 12 މީހަކު މާލެ އާއި ހުޅުމާލެއިން ހައްޔަރު ކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރު ކުރުމާއި ގުޅިގެން ފުލުހަކު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ޖިނާއީ އަދި އިދާރާ މައްސަލައެއް ތުހުމަތު ކުރެވޭތީ އެކަން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފުލުސް މީހާ އަކީ ޑްރަގް އެންފޯސްމެންޓުގެ ބެލުމުގެ ދަށަށް ގެންދެވޭ ޑްރަގްތައް ބަލަހައްޓާ ޓީމުގެ މެމްބަރެއް ކަމަށެވެ. އެކަމަކު އެގޮތަށް ގެނެވިފައި ހުންނަ ޑްރަގް ނަހަމަ ގޮތުގައި އުސޫލުތަކާއި ހިލާފަށް އެ ޓީމުގެ މެމްބަރުންނަށްވެސް ނެގޭނެ ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހާއަކީ ޑްރަގް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ މީހަކަށް ވިޔަސް އެއްވެސް މީހަކަށް އިސްތިސްނާ ކުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހަކު މި މައްސަލައިގަ ހައްޔަރު ކުރިކަން ހާމަ ކުރީ އެކަން މީޑިއާ އަށް ތިލަވެ، މީޑިއާއިން ފުލުހުންނާއި ސުވާލު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް