ކުޑަކުދިންނަށް ހާއްސަ އަށް ބާވަތެއްގެ ބޭހަކަށް ސަމާލުވުމަށް އެދިއްޖެ

ކުޑަކުދިންނަށް ހާއްސަ ޕެރަސަޓްމޯލް ސިރަޕްތަކަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އޭގެ ތެރޭގައި އ...

13 Nov 2022 | 10:28

ކުޑަކުދިންނަށް ހާއްސަ ޕެރަސަޓްމޯލް ސިރަޕްތަކަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އޭގެ ތެރޭގައި އަށް ޕެރަސަޓްމޯލް ސިރަޕެއް ހިމެނޭ ކަމަށެވެ. މި ބޭސްތަކަކީ ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ބޭސްތަކެކެވެ.

ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވަނީ:

- ޓާމޮރެކްސް

- ފްލުރިން ޑީއެމްޕީ

- ޔުނި ބޭބޭ ކޯފް ސިރަޕް

- ޔުނި ބޭބީ ޕެރަސެޓަމޯލް ޑްރޮޕްސް

- ޔުނި ބޭބީ ޕެރަސެޓަމޯލް ސިރަޕް

- ޕެރަސެޓަމޯލް ޑްރޮޕްސް

- ޕެރަސެޓަމޯލް ސިރަޕް (މިންޓް)

- ވިޕްކޯލް ސިރަޕް

މި ސިރަޕްތަކަށް އެތެރެކޮށް ވިއްކުން މަނާ ކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިރުޝާދުގެ މަތިންނެވެ. އެމްއެފްޑީއޭއިން ބުނީ ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަޣައްޔަރުވެފައިވާ ކަމަށެވެ.

މި ބޭސްތައް މަނާކުރި އިރު މިއީ ރާއްޖޭގައި އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސްތަކެއް ނޫނެވެ. އެކަމަކު ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް އެ ބޭސް އެތެރެ ވުމުގެ ފުރުސަތު އޮތުމުން އެގޮތަށް އިލްތިމާސް ނެރުނީ ކަމަށް ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެ ބޭސްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީއާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

ދާދި ފަހުން އެމްއެފްޑީއޭއިން ވަނީ އިންޑިއާގައި އުފައްދާފައިވާ ކުޑަކުދިންނަށް ހާއްސަ ކޮފްސިރަޕެއްވެސް ބޭނުންކޮށް އެތެރެ ކުރުން މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް