މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާ) މެދުވެރިކޮށ 1.25 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު ކަމަށް ބުނެފި އެވެ.
މީރާއިން ތަފާސް ހިސާބު ދައްކާގޮތުން އޮކްޓޯބަރު މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ15 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެ ކަމަށް ކަމަށް އަންދާޒާ ކުރި ވަރަށްވުރެ28 ޕަސެންޓު އިތުރު އަދަދެކެވެ.
މީރާއިން ބުނީ މީރާ އިން ބުނީ އޮކްޓޯބަރު މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ އާއި ޓޫރިޒަމްގެ ބިމު ކުއްޔާއި އެއާޕޯޓު ޑިލެލޮޕްމެންޓް ފީ އާއި އެއާޕޯޓު ސާވިސް ޗާޖު އަދި ގްރީން ޓެކްސް ބަލައިގެން މިންވަރު އިތުރުވުމެވެ.
އޮކްޓޫބަރު މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި 716 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އޮކްޓޫބަރު މަހު މީރާގެ ޖުމްލަ އާމްދަނީގެ 57 ޕަސެންޓެވެ.
ދެވަނަ އަށް އެންމެ ގިނަ އާމްދަނީގެ ގޮތުގައި އިންކަމް ޓެކްސް އިން 127 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 100 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް