ހަސަން ކުރުސީއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން: ރައީސް ނަޝީދު

ޓްވިޓާގައި ނުފޫޒުގަދަ ހަސަން ކުރުސީއަކީ ޖިސްމާނީ ގޮތުން ރައީސް ނަޝީދު ނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ނަޝީދު ވިދ...

13 Nov 2022 | 07:52

ޓްވިޓާގައި ނުފޫޒުގަދަ ހަސަން ކުރުސީއަކީ ޖިސްމާނީ ގޮތުން ރައީސް ނަޝީދު ނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވީ ހަސަން ކުރުސީއަކީ އޭނާގެ ލިޔުންތަކުގެ ހަގީގީ-ހިޔާލީ ސަހުސެއް ކަމަށެވެ.

"އޭނާއަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހްސިއްޔަތެއްކަމަށް ދަންނަވަން އުނދަގޫ، އެހެނަސް އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ލިޔުމަކުން އުފެދުނު ޝަހުސިއްޔަތެއް މި ދަރަޖައަށް ދިރިގެންދާކމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ނަމަވެސް ހަސަން ކުރުސީ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ ކަމެއް ނޫންކަމުގައި ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1591679259701280771

ހަސަން ކުރުސީން ރައީސް ނަޝީދު ބަރީއަވެފައިމިވަނީ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މާ ވަރުގަދަކޮށް ހަސަހް ކުރުސީ އެނބުރިއައިސް ސިޔާސީ އިސްވެރިންނާއި ޓްވިޓާގައި ޖަދަލުތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް