ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރުގެ ދަރިފުޅު ވަޔޫ ކަޕޫރު އަހޫޖާއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮޓަރި ދައްކާލައިފި އެވެ.
ސޯނަމް އާއި ފިރިމީހާ އަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު ވަޔޫ ލިބިފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 20 ވަނަ ދުވަހު އެވެ. ދެމީހުންގެ ދަރިފުޅަށް ނަންކީ އޭގެ އެއް މަސް ފަހުން ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ.
މިއަދު ސޯނަމް އިންސްޓަގްރާމްގައި ވަނީ ވަޔޫގެ ކޮޓަރީގެ ރީތިކަމާއި ފުރިހަމަކަން އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ދައްކާލާފައި އެވެ. އިންސްޓަގްރާމްގައި 33.9 މިލިއަން މީހުން، ސޯނަމް ފޮލޯ ކުރެ އެވެ.
ސޯނަމް ބުނީ އެ ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކޮށްލަން ނިންމީ އޭނާ އާއި މަންމައަށް އެތަން ޑިޒައިންކޮށް، ރީތި ކޮށްދިނުމުގައި އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ ވަނީ ދަރިފުޅުގެ ހެދުންލާ އަލަމާރި އާއި އެނދާއި ކޮޓަރީގެ ވޯލްޕޭޕާ އާއި އެނޫންވެސް ތަންތަން ޑިޒައިންކުރި މީހުންނާއި ފަނުރީޗަރު ގަތް ތަންތަނުގެ ނަން ފާހަގަކޮށް ޝުކުރުވެރިވެފައި އެވެ. އޭނާ ވަނީ 21 ފަރާތެއް އެ ޕޯސްޓުގައި ޓެގު ކޮށްފައި އެވެ.
އަދި ބުނެފައިވަނީ ޓެގު ނުކުރެވޭ މީހަކު ނުވަތަ ކުންފުންޏެއް ހުރި ނަމަ އޭނާއަށް ޑައިރެކްޓު މެސެޖު ކުރުމުން އެބައެއް ލިސްޓަށް އިތުރުކޮށްލައިދޭނެ ކަމަށެވެ.
https://www.instagram.com/p/Ck4phL2qnzL/
ސޯނަމް އަކީ އާންމުކޮށް އޭނާގެ މުއްސަނދި ދިރިއުޅުން ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާ މީހެކެވެ.
އެގޮތުން މީގެ ކުރިން އިނގިރޭސިވިލާތުގައި ހުންނަ ދެމަފިރިންގެ ގެ އާއި އަގުބޮޑު ސޯފާއެއް ކަމަށްބުނެ ސޯފާއެއް ދައްކާލާފައި އެވެ. އޭނާގެ ސަޕޯޓަރުންނަށް އެ ފޮޓޯތައް ފެނުމުން އުފަލުން އުޅުނު ނަމަވެސް އެކަމަށް ފާޑުކީ މީހުންވެސް ވަރަށް ގިނަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް