އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނުވުނު މީހާ އެނގިއްޖެ

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރއްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނުވު މީހާއަކީ ކާކުކަން މިހާރު އެނގިފައިވާކަމުގައި ފުލުހުން ބުނެފިއެވެ. "އެއީ އިންޑިއާ...

13 Nov 2022 | 05:48

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރއްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނުވު މީހާއަކީ ކާކުކަން މިހާރު އެނގިފައިވާކަމުގައި ފުލުހުން ބުނެފިއެވެ.

"އެއީ އިންޑިއާ ފިރިހެނެއް" މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވެއެވެ.

މިއާއެކު އެ ހާދިސާގައި މަރުވި އިންޑިއާ މީހުންގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ.

ފުލުހުން މިއަދު އިތުރަށް ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި އެމްބަސީތަކަށް ފުލުހުން އަންގާފައިވާނެކަމަށެވެ.

މީގެ އިތުރުން، އަނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެ ގައުމެއްގެ އެމްބަސީއާއި ގުޅިގެން ފުލުހުން ކުރަމުން އަންނަކަމުގައިވެސް ފުލުހުން ބުނެއެވެ.

އަލިފާނުގެ އެ ހާދިސާގައި ޖުމުލަ 10 މީހަކު މަރުވިއެވެ. އެއީ އިންޑިއާ އަށް މީހަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހެކެވެ. މީގެ އިތުރުން އެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެ މީހާ ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް