ބަންޑުންޖަހާލި ބާޖުން ގެއްލުނު މީހާ އަދި ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރިއަށް

އިއްޔެ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލުނު މީހާ އަދި ނުފެންނަކަމުގައި ކޯސްޓްގާޑުން ބުނެފިއެވެ. އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން މިއަދު ބުނީ އެމީހާ އަދި ފެނިފައިނުވާކަމ...

13 Nov 2022 | 05:12

އިއްޔެ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލުނު މީހާ އަދި ނުފެންނަކަމުގައި ކޯސްޓްގާޑުން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން މިއަދު ބުނީ އެމީހާ އަދި ފެނިފައިނުވާކަމަށާއި ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ބިދޭސީއެކެވެ.

އިއްޔެ އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ބަންޑުން ޖަހާލާފއިވަނީ "ލިއޯ ސަކްސެސް" ނަމަކަށްކިޔާ ލޭންޑިން ކްރާފްޓެކެވެ. އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ގދ. ފަރެސްމާތޮޑާއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުންދަނިކޮށެވެ.

އިއްޔެ މެންދުރު އެ ހާދިސާ ހިނގިއިރު އެ ލޭންޑިން ކްރާފްޓުގައި ހަތަރު ފަޅުވެރިއަކު ތިބި ކަމަށާއި ސަލާމަތްކުރެވުނު ތިން ފަޅުވެރިން އިއްޔެ ގދ. ވާދުއަށް ގެންގޮސްފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް