ޔޫއޭއީން ދިޔައިރު މާ އަގުބޮޑު ގަޑިތަކެއް ގެންދިއުމުން މުމްބާއީ އެއާޕޯޓުގައި ޝާހްރުކް ހިފަހައްޓައިފި

ޔޫއޭއީގެ ޝާރްޖާހްގައި އޮތް ފެސްޓިވަލަކަށް ކުރި ދަތުރަކަށް ފަހު އެނބުރި ދިއުމުން އިންޑިއާގެ މުމްބާއީ އެއާޕޯޓުގައި ގަޑިއެއްހާއިރަށް ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާން ހިފަހައްޓައިފި އެވެ. މިހާދިސާ ހިނ...

13 Nov 2022 | 03:58

ޔޫއޭއީގެ ޝާރްޖާހްގައި އޮތް ފެސްޓިވަލަކަށް ކުރި ދަތުރަކަށް ފަހު އެނބުރި ދިއުމުން އިންޑިއާގެ މުމްބާއީ އެއާޕޯޓުގައި ގަޑިއެއްހާއިރަށް ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާން ހިފަހައްޓައިފި އެވެ.

މިހާދިސާ ހިނގީ އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައި އެވެ. އޭނާ ޔޫއޭއީން އިންޑިއާއަށް ދިޔައީ ޗާޓާޑް ފްލައިޓެއްގައި ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޝާހްރުކް ހިފެހެއްޓީ އޭނާގެ ޓީމުން ގެންގުޅުނު ދަބަހެއްގެ ތެރެއިން ތިން ލައްކަ ދިވެހި ރުފިޔާގެ އަގު ހުރި، ހަ ގަޑި އޮތުމުން ކަސްޓަމްސްއިންނެވެ. މުމްބާއީ އެއާޕޯޓުގެ ވީއައިޕީ އެރައިވަލް ޗެކިންގައި ހިފެހެއްޓީ ޝާހްރުކް އާއި އޭނާގެ މެނޭޖަރާއި ބޮޑީގާޑެވެ.

އެހާ އަގުބޮޑު ގަޑިތަކެއް އެތެރެ ކުރުމުން ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ޝާހްރުކް ހާން، އެއް ލައްކަ 30 ހާސް ރުފިޔާ ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ދައްކަން ޖެހުނެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެއާޕޯޓުގައި މަޑު ކުރަން ޖެހުނީ، އިއްޔެއަކީ އިންޑިއާއަށް ބަންދު ދުވަހެއް ކަމުން ހެނދުނު ހެނދުނާ ކަސްޓަމްސްގެ ކައުންޓަރު ހުޅުވާފައި ނެތިގެން ޑިއުޓީ ފައިސާ ދެއްކޭނެ ގޮތެއް ހަމަ ނުޖެހިގެންނެވެ.

ޝާހްރުކާއި އޭނާގެ ޓީމަށް އެއާޕޯޓުން ނުކުމެވުނީ އެ ފައިސާ ކަސްޓަމްސްއަށް ދެއްކުމުންނެވެ. އެ ހުރިހާ ފައިސާއެއް ދެއްކީ ޝާހްރުކް ކަމަށްވެ އެވެ.

ޝަހްރުކް ޔޫއޭއީއަށް ދިޔައީ ޝަރްޖާހް އިންޓަނޭޝަނަލް ބުކްފެއާގައި ބައިވެރިވުމަށެވެ. އެ ބުކްފެއާގައި އޭނާއަށް ވަނީ ހާއްސަ އެވޯޑެއް އަރުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް