ފިލިޕިންސްގެ ނައިބު ރައީސް ކަމަށް މިހާރުގެ ރައީސްގެ ދަރިކަނބަލުން ވާދަ ކުރަނީ

އަންނަ އަހަރު ބާއްވާ ފިލިޕިންސްގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ނައިބު ރައީސް ކަމަށް ސާރާ ޑުޓާޑޭ ވާދަ ކުރަން ނިންމައިފި އެވެ. ސާރާ އަކީ މިހާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޑޭ ގެ އެންމެ ދޮށީ ދަރ...

13 Nov 2021 | 18:08

އަންނަ އަހަރު ބާއްވާ ފިލިޕިންސްގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ނައިބު ރައީސް ކަމަށް ސާރާ ޑުޓާޑޭ ވާދަ ކުރަން ނިންމައިފި އެވެ.

ސާރާ އަކީ މިހާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޑޭ ގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެ ގައުމުގައި ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަނީ ވަކިންނެވެ.

މިދިޔަ އަހަރުން ފެށިގެން ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުން އެގައުމުގެ ރައީސް ކަމަށް ވާދަ ކުރައްވަން އާންމުންގެ މެދުގައި އެންމެ ތާއީދު ބޮޑީ ސާރާ އަށެވެ.

އެކަމަކު ފިލިޕިންސްގެ ސިޓީއެއް ކަމަށްވާ ޑާވޯގެ މޭޔަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އުމުރުން 43 އަހަރުގެ ސާރާ ބުނަމުން ދިޔައީ ކުރިޔަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.

މިފަހުން އޭނާ ވަނީ އެ ގައުމުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ލަކަސް ސީއެމްޑީއާއި ގުޅިވަޑައިގެންފަ އެވެ. ޕާޓީއާއި ގުޅިވަޑައިގަތުމާއި އެކު އެ ޕާޓިގެ ރަނިން މޭޓުގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް